އިންތިޤާލީ މަރުޙަލާގައި ރާއްޖޭގެ ރައީއުލްޖުމުހޫރިއްޔާގެ މަޤާމާ ޙަވާލުވެ ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހަށް

އިންތިޤާލީ މަރުޙަލާގައި ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ހައިޘިއްޔަތު އޮޅިވަޑައިގެން ރައްޔިތުންނާމެދު ހިތްޕުޅަށް އެރިހާ ވަސްވާސްތަކެއް ވިދާޅުވަމުން މައުމޫނު އެބަދެ ގެންދަވައެވެ. މީހުންނާ މުޤާބަލާ ކުރައްވަން ކެރިވަޑައިނުގަންނަވާ ފިނޑި ބޭފުޅެކެވެ. މަންޒަރުގެ ފަހަތުގައި ހުންނަވައިގެން ޑްރާމާކުޅުއްވާ ސްޓާރެކެވެ. ރައްޔިތުންގެ ބައިތުލްމާލު ތިމާގެ ބޭކަލުންނަށާއި ހިތުރުހުރިހާ ބަޔަކަށް ދެއްވާ ދަވައިލެއްވި ޚާއިނެކެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލެއްވި ބާޣީއެކެވެ. ކުށެއް ނެތް ރައްޔިތުންގެ ދަރީންތަކެއްގެ ގަޔަށް ބަޑިޖެހި ހަމައެކަނި ޖައްލާދެވެ. ޤައުމުގެ ވަލީވެރިއާގެ މަޤާމުގައި ހުންނަވައިގެން ތިރީސް އަހަރު ޤައުމުގެ [...]

މައުމޫނުގެ އަޞްލު ސިފަފުޅުގައި ދެންމެ ރައްޔިތުންނަށް ފެންނާން އެފެށީއެވެ. އަދި ކިރިޔާ އެމަނިކުފާނުގެ އުރަކޮޅު ބޭލުއްވީއެވެ. އެއީ ކޮން ބޭފުޅެއްތޯއާއި ހަޤީޤަތަކީ ކޮބައިކަން ބައްލަވަމުން، ވިސްނަވަމުން ގެންދަވާށެވެ!

ސިޔާސީ ސުންބުލި ޙުސައިން ރަޝީދު އަޙްމަދު ތ. އަތޮޅު ތިމަރަފުށީގައި ރޭ (28 އޯގަސްޓް 2008 ވަނަ ދުވަހުގެ ރޭ) އޮތް ޖަލްސާއެއްގައި ޤާނޫނާ ޚިލާފަށް ހަދައިގެން އުޅޭ ޕާޓީއެއް ކަމުގައިވާ ޑީއާރުޕީގެ ޒަޢީމު މައުމޫނު ޢަބްދުލްޤައްޔޫމު ވާހަކަ ދައްކަވަމުން ވިދާޅުވި ދެބަންދިޔާރު ވާހަކައަކަށް އަޅުގަނޑު ހަމަ ހައިރާންވާކަށް ނުޖެހުނެވެ. އެއީ އޭނާއަކީ ކޮން ބޭފުޅެއްކަން އަޅުގަނޑު ރަނގަޅަށް ދަންނާތީއެވެ. އޭނާ ވިދާޅުވެފައި ވެއެވެ. އެމެރިކާގައި ސިޔާސީ ގޮތުން މަސައްކަތްކުރަމުންދަނީ ދެޕާޓީއެވެ. އެއީ ކުޑަކުޑަ ޤައުމަކަށް ވާތީއެވެ. [...]

Follow

Get every new post delivered to your Inbox.