
Maumoon Abdul Gayyoom
ޅ.ނައިފަރުގެ ބޮޑެތި މަގުތަކަށް އާންމުންނަށް ނުނުކުމެވޭ ގޮތަށް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓު މައުމޫނު އަބުދުލް ގައްޔޫމުގެ ކެމްޕޭން ޖަލްސާއެއް އެރަށުގައި ބާއްވައިފި އެވެ. 300 އެއްހާ ފުލުހުންގެ އެހީގައި ބޭއްވި މި ޖަލްސާއަށް ރޭ މައުމޫނު އެރަށަށް އަރައިވަޑައިގެންނެވުނީވެސް އަސްލު ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ގަޑިއަށްވުރެ 40 ވަރަކަށް މިނެޓް ފަހުން ނެވެ. އަދި ރަށަށް އަރަން ދިމާކުރިއިރު ރަށުގެ ނެރުގެ ދެ ފަރާތުގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގާ އެދިދައަށް އަލިވާ ގޮތަށް އަމިއްލަ ޖަނަރޭޓަރަކުން ވަނީ ދިއްލާފައެވެ.
” މައުމޫނު އަރަން ވެގެން ފުލުހުން އައިސް ޖަނަރޭޓަރު ނިއްވާފައި ވަނީ“ އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މީގެ އިތުރަށް އެރަށުގައި މައުމޫނާ އެއްކޮޅަށް ދަމާފައި ހުރި ފޮތިތަކަށް ވުރެ ގިނަ ފޮތިތަކެއް މިކަހަލަ އަނިޔާވެރި ބޭއިންސާފުވެރި ވެރިކަމެއް ބޭނުންނުވާ ކަމަށް ބުނެ ވަނީ ދަމާފައެވެ. އަދި މައުމޫނު މި އިންތިހާބުގެ ކެމްޕޭނުގައި ބޭނުންކުރާ ފަސް އިގިލި ހިމެނޭ ނިޝާންގައި ލޭކުލަ އުގުޅާ އެއިގެން ކޮންމެ އިނގިއްޔެއްގައި އެއް މައުލޫއެއް ލިޔެ އެފަދަ ވެރިކަމެއް ބޭނުންނުވާ ކަމަށް ލިޔެފައިވާ ތިން ނިޝާނެއް ރަށުގެ އަތިރި މައްޗާ ދިމާލުގައި ވަނީ ހަރުކޮށްފަ އެވެ.
” 10 ވަރަކަށް ފޫޓް ހުންނަ މި ނިޝާންތައް ހުރީ ކޮންމެ އިގިއްޔެއްގައި އެކިކަހަލަ ވާހަކަތަކެއް ވަނީ ލިޔެފައި. އެގޮތުން ކަރެޕްޝަނާއި އަނިޔާވެރިކަން ހިމެނޭ ވެރިކަމެއް ބޭނުން ނޫން ކަމަށްވެސް ލިޔެފައި ހުރި“ އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެރަށުން މައުމޫނަށް ތަރުހީބު ދިނުމަށް ނުކުމެ ތިބި މީހުންގެ ތެރޭގައި ގިނައީ ފެލިވަރުގައި މަސައްކަތް ކުރާ އެހެން ރަށްރަށުގެ މީހުންނާއި އެރަށުގެ މީހުންނެވެ. އަދި އެތަނުގައި ޖެހިގެން ހުރި ތަނުގައި ގިނަ އަދަދެއްގެ ބަޔަކު މެގަފޯނު މެދުވެރިކޮށް މައުމޫނުގެ އިސްތިއުފާއަށް ގޮވަމުންދިޔަ ކަމަށްވެސް އޭނާ ބުނެއެވެ.
އެރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ މައުމޫނު ދަތުރުކުރެއްވި ކާރު ކޮޅު އެރަށަށް އަރުވާފައި ވަނީ އިއްޔެގެ ފަތިސްގަޑީގައި އެރަށުގެ މީހުން އާންމުކޮށް ބޭނުން ނުކުރާ ދިމާލަކުން ކަމަށެވެ.
” ކާރު އަރުވާފައި ވަނީ އިއްޔެ ފަތިސްގަނޑީގައި ވަރަށް ސިއްރު ސިއްރުން ބަޔަކާ ނޭނގޭ ގޮތަށް މިހާރު އާންމުކޮށް ބޭނުންވެސް ނުކުރާ ސަރަހައްދަކުން. އަދި ކުއްލިއަކަށް ގޮސް އަތޮޅު އޮފީހަށް ކާރު ވެއްދި މަންޒަރު އެބަހުރި ފެންނަން“ އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ޚިޔާލު
1.
މިވަރުންވެސް އެމަނިކުފާނު ވިދާޅުވަނީ 90 ޕަސެންޓް ތާއީދު އެބައޮތޭ. އެހެންވީމާ މިއީ މިހާރު އަރަތަކަށް ވެއްޖެ. ރައްޔަތުންގެ އަސާސީ ޙައްޤު ތަކަށް އަރައިގަނެ ރައްޔަތުން ބަންދުކޮށްފައި ބައިތިއްބައިގެން ޖަލްސާކުރުމުން ތިޔަ ވިދާޅުވާ 90 ޕަސެންޓްގެ ޞައްޙަކަން ވަރަށް ރަގަޅަށް ފެނި ހާމަވެއެވެ.
ހޯމަ، ސެޕްޓެމްބަރ 8 2008، 16:32
2.
ނުނިކުމެވޭގޮތް ހެދުން އެއީ ކަނޑައެޅިގެން ގާނޫނާހިލާފު ކަމެއް. މިމައްސަލަ ބެލެންޖެހޭނެ!!
ހޯމަ، ސެޕްޓެމްބަރ 8 2008، 17:49
3.
ތިބުނާ އިދިކޮޅަށް ތާއީދު ކުރާބަޔަކު ތިބުނާ ފޮތިތަކެއްވެސް ދަމާފައިވަނީ ހަމަ އެއްވެސް ބަޔަކަށްނޭގޭގޮތައް ދަންވަރު ގަޑީގަ!!! އަދި މިފޮތި ތަކގެ ފެންވަރު ދައްކަމަކީ ލިޔެފައިވަނީ ލިޔަން ނޭގޭ ކުދިބަޔަކު ކަން!!! ނައިފަރުގައި އަދިވެސް އެހެން ޕާޓީތަކަށް ނެތްތާއީދު މައުމޫނަށާއި ޑީ. އާރު. ޕީ އަށް އެބައޮތް.
ހޯމަ، ސެޕްޓެމްބަރ 8 2008، 18:28
4.
މިވަރުމީހަކަށް ކިހިނެއްބާ ޑިމޮކްރެޓިކް ވެރިކަމެއްކުރާނީ؟ ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ބަންދުކޮށްފަ މީނަ ރަށްރަށަށް އަރަންޖެހެނީ. ފުލުހުންއަރާ އެހެން ޕާރޓީތަކުގެ ދިދަތަށް ފެނިދާނެތީ ޖަނަރޭޓަރުން ކަރަންޓް ކަނޑާލަންޖެހެނީ ދިދަޔާދިމާލަށް ބަލާލާނެ ހިތްވަރުވެސް މައުމޫނުގެ ނެތީތޯ؟ ދެން މިހާރު އެއުޅެނީ މީޑިޔާއަށްވެސް ފިލައިގެން ކުރިމަތިވެދާނެ ސުވާލަކަށް ބިރުން. ބަހުސެއްކުރާކަށް ކެރެނީކީނޫން. ކުރިން މާއަރާހިތުން އުޅޭ ޓީވީއެމްއަށްވެސް މިހާރު ފިލައިގެން އުޅޭކަމަށްވަނީ. ހަމަކުރިމަތިވެދާނެ ސުވާލަކަށް ބިރުން. ރައްޔިތުންނަށް އަނިޔާވެރި ޚިޔާނާތްތެރި ވެރިކަމެއްކޮށްފަ މިއަދު ފިލައިގެން އުޅުނަސް އެދުވަހުން ހަމަ ޖަވާބުދާރީ ކުރުވާނެ.
http://www.jazeera.com.mv
Filed under: ސިޔާސީ ފެންޑާ