ޝޭޚު އިމްރާން އިތުރު ފުޅު ހައްދަވައިފި: ވިލާ ރޫޅި ހުލިވުމުގެ މަގުމަތީގައި

Adhaalath
އެމް ޑީ ޕީ ގެ އިސް ސަފުގައި ތިބި މެމްބަރުން ޖުމުހޫރީ ޕާޓީގެ ހިޔަލަށް ދާންޖެހުނު ސަބަބު ހާމަ ކުރުމުގެ ގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު ޝޭޙް އިމްރާން ވަރަށް ބޮޑަށް އެކަން އޮޅުވާލަން މަސައްކަތް ކުރައްވައިފިއެވެ. އޭނާ މި ހެން ވިދާޅުވެފައި ވަނީ ” ރަތްޔިތުން ހެޔޮ އެދޭ ބަދަލަށް ގާސިމް” މި ޕުރޮގުރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަތްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައްވައިގެން މުޖުތަމައުގައި ކަމުވޮށިގެންވާ ބޭފުޅުން މި ކަހަލަ ހަގީގަތެއް ނެތްވާކަތައް ފެތެރުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ޖުމުހޫރީ ޕާޓިގެ އިސް ސަފުގެ މެމްބަރުންނަށް ބަލާއިރު ޝޭޚު ފޯކަސް އަމާޒް ކުރައްވާފައިމި ވަނީ ޑރ. މުނައްވަރު، މުޙައްމަދު ޝިހާބު، މޮޑީ (މުޙައްމަދު އިބުރާހިމް ދީދީ)’ ފައިސަލް ނަސީމް، ޑރ. ހުސެން ރަޝީދު ފަދަ ބެބޭފުޅުންނަށެވެ. ޝޭޙް އިމްރާންގެ ވާހަކަފުޅުގައި މި ދެންނެވި ބޭ ބޭފުޅުން ރިޔަލުގެ ހަކަތައިން ކުރިއަށް ނުގުޑާ ތިއްބަވަނިކޮށް ގާސިމް އިބުރާހިމްގެ ފައިސާއިން އިންޖީނު އަޅުއްވައިދީ މި ޒަމާނުގައި ބޭނުން ކުރާ ނިޔަމި ކަމުގެ އަލާތްތައް ދީ އަދި ރަތްޔިތުންގެ މަޖުލީހުން ގޮޑިއެއް ހޯއްދަވައި ދެއްވާފައިވަނީ ގާސިމް ކަން ޝޭޚު އިމްރާނަށް އެގިނުލައްވަނީ ހެއްޔެވެ. އަދި ހަމަ މި މޭރުމުން ޑީ އާރު ޕީގެ އިސް ސަފުން ޖުމުހޫރީ ހިޔަލަށް ބަދަލު ވެލެއްވި އޭޑިކޭ ނާޝިދުއާއި، ޖާބިރު ޢާއި އެމަނިކުފާނުގެ އަބިކަބަލުން ދިޔާނާ ސައީދު ގެ ވާހަކަ މި ޕުރޮގުރާމް ގައި ނަން ނުގަތީ ކޮންސިއްރެއް އޮވެގެން ބާވައެވެ.

އަދި މި ފުރުސަތުގައި އެމް ޑީ ޕީ ގެ އިސް ސަފުން ޖުމުހޫރީ ޕާޓި އަށް ގުޅުނު ގިނަ ބޭފުޅުންނަކީ އެކި އެކި އިންތިހާބު ތަކުގައި ރަތްޔިތުން ބަލައި ނުގަތުމެގެ ސަބަބުން ވަރަށް ބޮޑަށް ރަތްޔިތުންގެ މަގުބޫލު ކަމުން އެކަހެރި ވެފައިވާ ބެފުޅުންކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މި ފަދަ ރަތްޔިތުންގެ ތެރޭގައި މަގުބޫލުކަން ކުޑަ ބަޔެއްގެ ބޭނުން ޖުމުހޫރީ ޕާޓީއަށް އެއްމެ ބޫނުންތެރި ގޮތުގައި ހަމަ ގައިމުވެސް ނު ހިފޭނެއެވެ. އަދި އެމް ޑީ ޕީ ގެ ރިޔާސަތައް ޑރ. މުނައްވަރު އިންތިހާބު ކުރެވުނު ނަމަ ގާސިމް ޖުމުހޫރީ ގުޅުމެއް ހައްދާވާކަށް ޖެހި ވަޑައިއެއް ނުގަންނަވާނެއެވެ. އަދި ފަސާދައިގެ ޗޭނުގެ ބަޔެއް ބޮޅުތައް ޖުމުހޫރީ ވިލާ ގަނޑުގެ ހިޔަލަށްހަ ދާކަށް ނުޖެހުނީހެވެ. އެއީ ޑރ. މުނައްވަރުގެ ވެރި ކަމެއްގައި ފަސާދައިގެ ބައްޕަ ކަމުގައި ވާ މައުމޫން ސަރުކާރުންވެސް ދިން ލޯނު ގެރަންޓީކުރުން އަދި އަމިއްލަ އެއަރ ޕޯޓު ހެދުމަށް ގާނުނު އަސާސީ ފަހިކުރުން ފަދަ ޚިދުމަތްތައް ލިބޭނެތީއެވެ.

ވިލާއަށް މިހާރު ދިމާވެގެން އުޅޭ އެއްމެ ބޮޑު މައްސަލަ

ގާސިމްއަށް ވަނީ ވަރަށް ގިނަ އާ ރައްތަކެއް ރިޒޯޓު ތަރައްގީ ކުރުމަށް ލިބި ވަޑައި ގެންފައެވެ. އަދި މަސްފެކްޓުރީ އާއި މާމިގިލި އެއަރ ޕޯޓު ނިންމަން ބޭނުން ވާނެ ފައިސާ އެއް އަތަކު ނެތެވެ. މީގެ އެއްމެ ބޮޑު ސަބަބަކީ ލިބޭ އިންކަމަށްވުރެ ކެޕިޓަލް ހަރަދުތައް ބޮޑުވުމެވެ. އަދި ގާސިމް ރިޔާސީ ކެމްޕޭނުގައި އަހަރަކު އެއްހާސް ފުލެޓް އަޅާދޭނެކަމަށް ބުނުއްވިއިރު މީގެ ފަސް އަހަރު ކުރިން ހުޅުމާލޭގައި ހަދަން ރާވައިފައިވާ ވިލާ ކޮންޑެމިނިއަމް ގެ މަސައްކަތްވެސް އަދި އޮތް ހިސާބެއް ހުދު އެ މަނިކުފާނަށްވެސް އެގި ނުލައްވައެވެ. މި މަސައްކަތް ކުރުމައްޓަކައި މި އަހަރު ކުރީ ކޮޅު ފަނަރަ މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ރާއްޖޭގައި މަސައްކަތް ކުރާ ސްރީ ލަންކާގެ ކޮމްޕެނީ އަކާ ވަނީ ވާހަކަދައްކާފައެވެ. ނަމަވެސް އެއްމެ ޑޮކުޓަރުން ގިނަ ވިލާ އަށް މިއަދާ ޖެހެންދެންވެސް ވަނީ މިކަމަށް ބޭނުންވާނެ ޕްރިލިމިނަރީ ޕުރޮޕޯސަލެއްހާ ހިސާބުވެސް ނުދެވިފަޔެވެ.

ޖުމުހޫރީ ޕާޓީ ހެދުމަށް ގާސިމް ގެންގުޅުއްވި ޝޮޕިން ލިސްޓު

ޖުމުހޫރީ ޕާޓީ އުފެއްދެއްވުމަށް ގާސިމް މަސައްކަތް ކުރެއްވި ގޮތް ތިބޭފޅުންނަށް ކިޔާލަދޭން އެއްމެ ފާސޭހަވާނީ ޔޫރަޕްގެ މަޝްހޫރު އަދި އެންމެ މުއްސަނދި ފުޓުބޯޅަ ކުލަބު ކަމުގައި ވާ ރިއާލް މެޑެރިޑުން ކުޅުންތެރިން ހޯދަން ޓުރާންސްފަރ މަރކެޓުގައި މަސައްކަތް ކުރާ އުސޫލުތކާއި ގުޅޭގޮތަށް ކިޔާލަދިނުމުންނެވެ. މި ގޮތުން ގާސިމް ގެ އެއެމެ މޮޅު ސްޓުރައިކަރަށް ފެނުނީ ޖާބިރެވެ، އަދި އެންމެ ދިގުކޮށް ބަރގެއިން ކުރަން ޖެހުނު ޑީލަކީވެސް މިއީ އެވެ. ސަބަބަކީ ޖާބިރު ގެ ކޭޝްފްލޯރ ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް އެމް ޓީ ޑީ ސީ އަށް ޖާބިރު ހަނދުފުށްޓަށް ދަންކަން ޖެހޭ ކުލި ލަސްކުރުމަށް އެދުމުން، ބޯޑުން އެކަން ގަބޫލު ނުކުރުމާއި އެކު ޖާބިރުގެ އަގުގެ ތެރޭގައި އެމަނިކުފާނުގެ އަބި ކަނަބަލުން ވެސް ހިމެނޭތީއެވެ. މި ގޮތުން ޖާބިރު ވިދާލުވީ 10 ގޯލް ގާސިމަށް ޖާހާދޭނެކަމުގައެވެ. އެއީ ކުރިއަށް އޮތް އިންތިހާބުގައި 10 މެމްބަރުން މަޖުލީހަށް ހޮއްވަވާނެ ވާހަކައެވެ.

މި ޑީލް ގެ ދަށުން ގާސިމް ހަނދުފުށި ރެސޯރޓަށް ދަންކަނޖެހޭ ކުލި އަދި ސްޓާފުން ގެ މުސާރަ އާއި ވަނީ ހަވާލުވެފައެވެ. އަޅުގަނޑަކީ މި މަންޒަރު ވަރަށް ގާތުން ބެލި މީހަކަށް ވުމާއި އެކު މިކަހަލަ މަސައްކަތުގައި ގާސިމްގެ ހުނަރާއި ގާބިލްކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރަންވެސް ޖެހެއެވެ. މި ގޮތުން މިޑްފީލްޑަރުންނަށް މޮޑީއާއި، މޮނާޒާ ނައީމް، ޝަހީދު ޒަކީ އަދި އޭޑީކޭ ނާޝދި މެން ހަމަޖެއްސިއެވެ. އަދި ތ. އަތޮޅު މެމްބަރ ޝަރީފާއި ޑރ. މުނައްވަރު ޑިފެންޑަރުންނަށް ހަމަޖައްސައި މާލެ މެމްބަރު މުޙައްމަދު ޝިހާބަށް ގޯލު ބެލެހެއްޓުން ހާވާލު ކުރެވުނެވެ. އެކަމަކު މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ފުރަތަމަ 11 ޖާގަނުލިބި އެހެންޓީމު ތަކުގެ ބެންޗު ހޫނުކުރަން ތިބި ކުޅުންތެރިންނެވެ.

މި ގޮތުން ބަލާއިރު މިއީ ވިލާގެ ހަރަދު ތަކަށް އިތުރު ވި ވަރައްބޮޑު ބުރަދަނެކެވެ. ނަތިޖާއެއްގެ ގޮތުން މިހާރު ވިލާއަށް ފައިސާ އެތެރެ ވަނީ 3 އިންޗި ހޮޅި އަކުންކަމައްވާއިރު ބޭރުވާނީ 5 އިންޗި ހޮޅި އަކުންނެވެ. ޒަމާންވީ ވަފާތެރި މުވައްޡަފުންނަށް އަޅާނުލެވި މާއްދިއްޔަތަށް ގޮސް ހުސްވެއްޖެ ނަމަ މަށެއްކަމަކު ވާނި ހަލާކެވެ. ނިކަން ހުންނާށެވެ ހިމޭން އިންގިލާބީންގެ މި ގޮވާލުމަށް ބީރު ކަންފަތެއްދެއްވައިފިނަމަ ނަތީޖާ ވަރަށް ހިތިވާނެއެވެ. އެއީ ހިމޭން އިންގިލާބީންނަށް މަހުޖަނުން ރަތްޔިތުންގެ ވެރިންނަށް ވެއްޖެ ނަމަ ވާނެ ގޮތް ވަރަށް ރަގަޅަށް އެގޭތީއެވެ

http://himeyn-ingilaab.com

Leave a Reply