އިންތިޤާލީ މަރުޙަލާގައި ރާއްޖޭގެ ރައީއުލްޖުމުހޫރިއްޔާގެ މަޤާމާ ޙަވާލުވެ ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހަށް

Maumoon Abdul Gayyoom

Maumoon Abdul Gayyoom

އިންތިޤާލީ މަރުޙަލާގައި ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ހައިޘިއްޔަތު އޮޅިވަޑައިގެން ރައްޔިތުންނާމެދު ހިތްޕުޅަށް އެރިހާ ވަސްވާސްތަކެއް ވިދާޅުވަމުން މައުމޫނު އެބަދެ ގެންދަވައެވެ. މީހުންނާ މުޤާބަލާ ކުރައްވަން ކެރިވަޑައިނުގަންނަވާ ފިނޑި ބޭފުޅެކެވެ. މަންޒަރުގެ ފަހަތުގައި ހުންނަވައިގެން ޑްރާމާކުޅުއްވާ ސްޓާރެކެވެ. ރައްޔިތުންގެ ބައިތުލްމާލު ތިމާގެ ބޭކަލުންނަށާއި ހިތުރުހުރިހާ ބަޔަކަށް ދެއްވާ ދަވައިލެއްވި ޚާއިނެކެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލެއްވި ބާޣީއެކެވެ. ކުށެއް ނެތް ރައްޔިތުންގެ ދަރީންތަކެއްގެ ގަޔަށް ބަޑިޖެހި ހަމައެކަނި ޖައްލާދެވެ.

ޤައުމުގެ ވަލީވެރިއާގެ މަޤާމުގައި ހުންނަވައިގެން ތިރީސް އަހަރު ޤައުމުގެ ވިއްސިވިހާލިކޮށްލެއްވި އަނިޔާވެރިއެވެ. ދޮގުހެދުމާއި މަކަރާއި ޙީލަތް ހެއްދެވުމުގައި ދެވަނައެއް ނެތް ނަމޫނާއެކެވެ. އެހެންމީހުންނަށް އެއްޗެހިގޮވައި ދޮގުވާހަކަތައް ހަދައި ފެތުރުމަކީ ނުބައި ކަމެއް ކަމަށްބުނެ އަޑު އުފުއްލެވައި، ފާސިޤަކަށް ވެވަޑައިގެން ހުންނަވައިގެން، ފާސިޤުން ގެންނަހާ ވާހަކަ ޤަބޫލު ނުކުރުމަށް ގޮވާލައްވަމުންދަނީ މިފާސިޤު ވެރިޔާއެވެ. ސުންނަތް ޖަމާޢަތުގެ މީހަކަށް ނޫނީ މިޤައުމުގެ ރައީސްކަން ނުކުރެވޭނޭ ކަމުގައި ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ(ށ) ގައި އޮތް އިރުގައި ވެސް އެޝަރުޠު ތިމާގެ ކިބައިގައި ފުރިހަމަ ނުވާ ޙާލު ޤާނޫނާ ޤަވާޢިދާ ޚިލާފަށް ރައްޔިތުންނަށް އޮޅުވާލައްވައިގެން ޤާނޫނު އަސާސީގައި އަތްޕުޅު އަޅުއްވައިގެން އުޅުއްވާ ޚާއިނެވެ. އަޑު އައްސަވާށެވެ! މިދިވެހި އުޑުދަށުގައި ފާސިޤަކު ވާނަމަ އެމީހަކީ ހަމަ ތިޔަ މީހާއެވެ. ނަމާދު އަޅުއްވަމުން ބެޑްމިންޓަންކުޅުއްވަމުން ހުކުރުއަޅުއްވަމުން އާރަށުގައި ނާޗަރަންގީކުޅުއްވަމުން، ﷲގެ ރަސޫލާއަށް ފުރައްސާރަކުރަމުން، ޤުރްއާނުގެ އާޔަތްތަކާ ޚިލާފަށް އަޑުއުފުއްލަވަމުން، ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ ނައްޞުތަކާ އިކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ބަލަ ތިޔަ މައުމޫނު ނޫންތޯއެވެ؟ ކަލް ދޯބަޖޭ ވިދާޅުވަމުން މީސްމީހުނަށް ރިޝްވަތުގެ ދޮރު ހުޅުއްވާދެއްވަމުން މީސްމީހުން އަތުން ރިޝްވަރު ނަންގަވަމުން މުޅި ޤައުމު ކަރަޕްޝަނުގެ ވަބާއަށް ޣަރަޤު ކުރައްވަމުން، ނުވިތާކަށް ކުށް ސާބިތުވެ ފަޅާ އަރަމުންދާ ބޮޑެ ކަރަޕް މީހުންނަށް މާފުދެއްވަމުން ވަޑައިގަންނަަވާއިރު ދީން ވިއްކަނީ ހަމަ ޢަދާލަތުން ކަމަށް ހިތްޕުޅަށް އަރަނީ ހިތްޕުޅުގައި ނިފާޤުގެ ދަބަރު ޖެހިވަރު އިޙްސާސު ނުކުރެއްވެވެނީތޯއެވެ؟ މަނިކުފާނުގެ މިސާލަކީ ވަރަ ބިނދިފައިވާ ދޫންޔެއްގެ މިސާލެވެ. މަނިކުފާނުގެ ވެރިކަމުގެ އިރު ތިއޮތް ގެން އޮހެނީއެވެ. އޭގެ އިތުރުން އެކަން ނިމުމަކަށް ދާއިރު މުޅި ޤައުމުގައި މަނިކުފާނަށް ލަޢްނަތް ދެމުން އެއޮތް ގެންދަނީއެވެ. އިރާދަ ކުރެއްވިއްޔާ އެންމެހާ ދިވެހީންވެގެން މަނިކުފާނު ވެރިކަން ޤާނޫނީ ހަމަތަކުގެ މަތީން މިފަހަރު ބަދަލުކޮށްލެވޭނެއެވެ. އެދުވަހަކުން އަނގައިން ބުނެލާނެ، އަދި ބުންބުން ގޮއްވާލާނެ މެއްސެއް މިޤައުމަކުން ތިޔަ އިންސާނާއަކާ ގާތަކަށް ވެސް ނުދާނެއެވެ. ފަށްފަށުން އަޅުގަނޑުމެން މަނިކުފާނަށް ދެމުންދިޔަ ނަޞޭޙަތާއި ހެއުބަސް އަޑު އެއްސެވިނަމަ މިއަދު ތިޔަ އަނދަވަޅަށް ވެއްޓޭން ޖެހިވަޑައި ނުގަތީސްކަން ކަށަވަރެވެ.

ޤާނޫނު އަސާސީ ތަޞްދީޤުކުރެއްވި ދުވަހުގެ ކުރީރޭ ޕާޓީތަކުގެ ވެރީންނަށް ގުޅުއްވައިގެން ދެން މާޒީ ހަނދާންނައްތާލާފައި އެންމެން އެއްޗެހި ނުގޮވައި ގުޅިގެން އުޅެން ހިނގާށޭ ވިދާޅުވުމަށް ފަހު އެންމެ ފުރަތަމަ މީހުންނާ ދިމާކުރަން ތިޔަ ފެއްޓެވީ ހަރުފަ އޮންނާނީ ހަރުފައިގެ ގޮތުގައި ކަމާއި ވިހަނުލައި ތިޔަ ހަރުފައަކަށް ނޯވެވޭނެކަން އަޅުގަނޑުމެން އެއިރުވެސް ދެނެތިބޭމެވެ. އެރޭގެ 10.30 ގައި މިޕާޓީގެ މަޝްވަރާ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އަޑުއައްސަވައިގެން ތިއްބަވަނިކޮށް، ފޯނު ކުރައްވާފައި ޢަދާލަތު ޕާޓީގެ ރައީސްގެ އަރިހުގައި ދެއްކެވި 24 ގަޑި އިރު ނުވަނީސް ހަނދާން ނައްތާލެއްވީ ގަރަހިތައަކަށް ވެސް ހަނދާން ނުނެތޭހާ އަވަހަށް ނޫންތޯއެވެ؟ މިހިނގާ މަހުގެ 9 ވަނަ ދުވަހުގެ ރޭ 8.30 ގައި މިޕާޓީގެ އިސްބޭފުޅަކާ ވާހަކަ ދައްކައިގެން މިޕާޓީ ޑީއާރުޕީއާ ބައިވެރިކުރައްވަން އުޅުއްވީ ހަމަ ތިޔަ ޢަބްދުލްޤައްޔޫމުގެ ދަރިކަލުންނެވެ. ހަނދުމަ ބަހައްޓަވާށެވެ! ދިވެހިތާރީޚުގައި ކަޅުއަކުރުން ތިޔަ ޚާއިނުގެ ނަން ދިވެހިން ލިޔާނެއެވެ. ތިޔައީ ބޮޑު އަނިޔާވެރިއެއް ނޫންތޯއެވެ؟ ފޭރިގަތީ ކިތައްމީހުންގެ ގެދޮރުކަން ހަނދު އެބަ ހުންނެވިތޯއެވެ؟ ބޭއިންސާފުން އަނިޔާ ދެއްވީ ކިތައްމީހުންނަށް ތޯއެވެ؟ ދިވެހީންގެ ލޭ ހިއްޕަވައިގެން އެލެއިން ތިމާގެ ހެދުންކޮޅު ކަޅި ކުރައްވައިގެން ދީންދެކެ މާ ލޯތްބެއް ކުރައްވާ ކަމަށް ދިވެހިންނަށް ދައްކަވައިގެން އުޅުއްވިއެއް ކަމަކު މައުމޫނަކަ އެއްކަލަ ޙިޖާޒު ކަރައަށް ޤުރައިޝުވަންހައިގެ މީހުންނަށް ހުތްދޭން އައި ނަޖުދުކަރައިގެ މީހާފަދަ ބޭފުޅެއްކަން މިހާރު ނުދަންނަ ދިވެއްސަކު މިދިވެހި ދީބުގައި ނެތެވެ. އަބަދު އަބަދުހެން ކަށްވަޅާއި ނަރަކައާއި ޢަޛާބުގެ ވާހަކަ ނުދެއްކުމަށް އަންގަވަ އަންގަވާ ތިރީސް އަހަރު ވަންދެން ތިޔަ އުޅުއްވީ ބަލަ އެކަންކަން ނާންނާނެ ކަމަށް ހީފުޅު ކުރައްވަނީތޯއެވެ؟ އެއީ ހަަމަ ޔަޤީނުން ޔަޤީން ކަމެކެވެ. ފިއްލަވައިގެނެއް ނޫޅުއްވޭނެއެވެ. ތިޔަ ގަނޑުވަރާއި ފޯސް ކިތަންމެ ވަރުގަދަ ވިއަސް އެއީ ހަމަ ސުމެކެވެ. އީރާނުގެ ޝާހުގެ ޝެހެންޝާހިއްޔަތާ އަޅާބަލާއިރު ތިޔައީ ޖާހާއި ބާރާއި އާރުގެ ހަމަ ތިއްކެކެވެ. އޭނާއަށް ނިމިގެންދިޔަ ގޮތުގެ ކުޑަނަމަވެސް ޢިބްރަތެއް އަޅެ ޙާޞިލްކުރެއްވުން ކީއްތޯއެވެ؟ ހަދުމަ ބަހައްޓަވާށެވެ! ﷲގެ އިރާދަފުޅާ ލައިގެން މިފަހަރަކު ދެނެއް ވޭތުވެދިޔަ ފަހަރުތަކުގައި ވޯޓަށް ހެއްދެވިހެން، ފޮށިމަތީގައި ބަޑުއަޅައިގެން ތިބޭކަށެއް، އަދި ކުޑަކާފާއިބޮޑުކާފު ޖަހާކަށެއް، އަދި ފާހަގަ ޖަހާފައި ކަރުދާސްކޮޅު ރައްޔިތުން އަތަށް ދީގެން ފޮށްޓަށް ވައްޓާކަށެއް މަނިކުފާނަކަށް ވެސް، އަދި މަނިކުފާނުގެ އައްޔާރަކަށް ވެސް ޖާގައެއް ނުލިބޭނެއެވެ.

ދީން ގަތީވެސް، ދީން ވިއްކާލީ ވެސް ދީން އޮޅުވާލީވެސް ދީން ބަދަލު ކުރީވެސް، ދީނީ މީހުންނަށް އަނިޔާ ދިނީވެސް، ޢިލްމުވެރިންގެ ތުބުޅިތައް ބޭލީވެސް، މުސްލިމް އަންހެނުންގެ އަބުރު ގެއްލުވާލީ ވެސް އެހެންބައެއް ނޫނެވެ. މިރާއްޖޭގައި އެހެން ވިއްކާނެ ދީނެއް މަނިކުފާނު ބާއްވަވައިފިތޯއެވެ؟ އިންގިރޭސިވިލާތު ބޮޑު ފާދިރީގެ ކުރިމަތީގައި ގުދަށް އޮންނަވައިގެން ޖީސީއެމްސީގެ ސަލީބުކޮޅު ކަރުފުޅުގައި އެޅުއްވިއިރު މިރާއްޖެން ދެއްވަން އެއްބަސްވެ ވަޑައިގަތީ ކޮން އެއްޗެއް ތޯއެވެ؟ ރާއްޖޭގައި އޮތް އިސްލާމް ދީން ނޫންތޯއެވެ؟ ދެން އެހެން ބަޔަކު ވިއްކާނެ ދީނެއް މަނިކުފާނު މިރާއްޖެއަށް ދޫކުރައްވައިފީމުތޯއެވެ؟ މިއީ ދިވެހީން ނުދައްނަ ކަމެއްނޫނެވެ. ވިމާ ރައްޔިތުންނޭވެ! މައުމޫނަށް ދެނެއް ވޯޓު ނުދެއްވާށެވެ!

http://www.adhaalath.org.mv

Leave a Reply